ދެ އިންތިހާބު އެއްކޮށްލާ ގަރާރު ބާތިލުކޮށް ވޯޓު ނެގުން ފަސްކުރުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް

ދަޕްރެސް

25 ފެބްރުއަރީ 2026 | ބުދަ | 4:37

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލް ކުރުމަށާއި ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ޕާޓީން ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަމަށެވެ. އެހެންކަމުން ގަރާރުގައި ގާނޫނީ ހައިސިއްޔަތު ނެތް ސަބަބަށްޓަކައި އެ ގަރާރު ބާތިލްވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި ވެއެވެ.

ހަމައެއާއެކު އެ ގަރާރު ބާތިލްކުރުމުގެ މައްސަލަ ކޯޓުން ނިމެންދެން އޭޕްރީލް 4 ވަނަ ދުވަހު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައި ވެއެވެ.

މައުޟޫޢުތަށް