ރާއްޖެގެނައި 56 އެމްބިއުލާންސް އެމްޕީއެލް އިން ރަށްތަކަށް ފޯރުކޮށްދީފި

ދަޕްރެސް

25 ފެބްރުއަރީ 2026 | ބުދަ | 4:50

އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރަމުގެ ދަށުން ގެނައި 56 އެމްބިއުލާންސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ރަށްތަކަށް ފޯރުކޮށްދީފިއެވެ.

ކޮންޓްރެކްޓް އުސޫލުން ރާއްޖެއަށް 56 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ހެލްތުން އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

އެގޮތުން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން 1 އެމްބިއުލާންސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާ ހަވާލުކޮށްފައިވާއިރު، ބާކީ 55 އެމްބިއުލާންސް، ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކަށް ފޯރުކޮށްދީފައިވާނެކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

މައުޟޫޢުތަށް