ކުޅިވަރާ މަޖަލުގައި ރޯދައިގެ މަތިވެރި ދުވަސްތައް ދުއްވާ ނުލަމާ

ދަޕްރެސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 4:17

ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ މުސްލިމް އުންމަތަށް ދެއްވާފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެއީ ރަހުމަތާއި، ފާފަފުއްސެވުމުގެ މައްސަރެވެ. މި މަތިވެރި މައްސަރުގެ ކޮންމެ ސިކުންތަކީވެސް އަޅުކަމާއި ހެޔޮކަމުގެ ތެރޭގައި ހޭދަކުރަންޖެހޭ އަގުނުކުރެވޭ ފަދަ ވަގުތުތަކެކެވެ.

ނަމަވެސް ހިތާމައަކީ މިއަދުގެ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ބައެއް އާދަތަކުގެ ސަބަބުން މި މަތިވެރި މައްސަރުގެ އަސްލު މަގުސަދު ގެއްލިގެންދިއުމެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމަކީ އޭގެ ޒާތުގައި މަނާކަމެއް ނޫން ނަމަވެސް، ރަމަޟާން މަހުގެ ރޫހާނިއްޔަތާ ނުބައްދަލު މިންވަރަށް މިކަންކަމުގެ ތެރެއަށް ވަނުމަކީ ނުހަނު ބޮޑު ހިތާމައެކެވެ. މިއީ މިއަދުގެ މުޖުތަމައުގައި މިހާރު ފެންނަމުންދާ ކަމެކެވެ. ރަމަޟާން މަހަކީ ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ބާއްވާ، ތަފާތު ޕްރޮމޯޝަންތައް އިސްތިހާރު ކުރާ ދުވަސްތަކަކަށް ވަނީ ބަދަލުވެފައެވެ.

މައުޟޫޢުތަށް