ޝަމްއާންގެ ޝަރީއަތް: ލޯނަށް ފައިސާދިނީ ބައްޕަކަން ސާބިތުކުރަން މަންމައާއި ބައްޕަ އަދި އަނބިމީހާވެސް ހެކިބަސްދީފި

ދަޕްރެސް

25 ފެބްރުއަރީ 2026 | ބުދަ | 9:52

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާ ހެކިބަސްދީފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފައިވެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.

މައުޟޫޢުތަށް