މަސްދަޅު ކޭސް ބެހުން މާޗް 4 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 9:27
ރޯދަ ހަދިޔާގެ ގޮތުގައި ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގޭބިސީތަކަށް ދޫކުރުން އަންނަ މާޗް މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިހާތަނަށް މާލޭ ސަރަޙައްދުގެ 54,000 އަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާ އަތޮޅުތެރޭގެ ރަށްތަކަށް މަސައްދަޅު ކޭސް ދޫކުރުމުގެ ކަންތައްތައްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މަސްދަޅު ކޭސް ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތައް ހަމަޖައްސާފައިވާއިރު މިހާރު ޕަބްލިކް ވާކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އަދި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ.