ނިމާލްގެ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 10:49
ޑައިރެކްޓަރު އަދި ފިލްމީ ތަރި އަހުމަދު ނިމާލްގެ ކަށު ނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދާތާ ގާތްގަނޑަކަށް 2 މަސް ދުވަހާ ގާތްވެފައި ވަނިކޮށް ނިމާލް ނިޔާވެފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:50 ހާއިރުއެވެ. ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގުބޫލު މޫނެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައިވާ ނިމާލަށް ސްޓްރޯކް ޖެހުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ސްޓްރޯކް ޖެހުނީ ސައިކަލުގައި އޭނާ ދަނިކޮށް އެނބުރުން އަރާ ގޮތްވެގެން މަގުގެ އެއްފަރާތުގައި މަޑުކޮށްލި ވަގުތު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭރު ނިމާލަށް ހުރެވުނީ އޭޑީކޭ ހޮސްޕިޓަލާ ދާދި ގާތުގައި ކަމުން، ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.