މި އަހަރު ވެސް ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވާނެ
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:02
މި އަހަރުވެސް ރޯދަ މަހުގެ ފަހު 10 ގައި ސަަރުކާރު ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ބުނީ، އަންނަ މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ. މިފަދައިން ހަމަަޖައްސާފައި ވަނީ 2024 ވަނަ އަހަރުން ފެށިގެންނެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.