ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ މަހު 1 ގައި
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:17
ކީރިތި ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، މާޗް 1 ވަނަ ދުވަހު ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރައިސް އޮފީހުން ބުނީ، މެޑެއްޔާއި އިނާމު ދިނުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި އެ ރޭ ބާއްވާ ހާއްސަ ޖަލްސާގައި ކަމަށެވެ.
ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ހާފިޒުންނަށެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށެވެ.