"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފަށަނީ
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:32
ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޔޫތް މިނިސްޓްރީން ބުނީ، މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގް މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27 އިން 28 ގައި ޔޫތު ހަބުގައެވެ.