އެފްޑީސީގެ ޗެއާޕާސަން ނަޝްވާ މަގާމުން ވަކިކޮށްފި

ދަޕްރެސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 5:34

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް، އެފްޑީސީގެ ޗެއާޕާސަން ނަޝްވާ މަގާމުން ވަކިކޮށްފިއެވެ.

މިކަން ޔަގީންކޮށްދެއްވައި ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ އަބްދުﷲ މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް ނަޝްވާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެފްޑީސީގެ ޗެއާޕާސަންކަން ކުރެއްވުމުގެ ކުރިން ނަޝްވާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

މައުޟޫޢުތަށް