ފިއުލް ސްކިޑްތަކުގެ 78 ޕަސެންޓު މަސައްކަތް ނިމިއްޖެ، 3 މަސްދުވަހުގެ ތެރޭގައި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ!
ދަޕްރެސް
27 ފެބްރުއަރީ 2026 | ހުކުރު | 2:43
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ޕީއެސްއެމްއަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
އެ ގޮތުން ހާރިސް ވިދާޅުވީ މި މަސައްކަތުގެ 78 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާ، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.