މިނިސްޓަރު އިހުސާންގެ، އާއިލާގެ ވީޑިއޯ އެއް އަކްރަމާއި އިބްރާހީމް ވަހީދު ނެގި ކަމަށް ތުހުމަތުކޮށްފި
ދަޕްރެސް
27 ފެބްރުއަރީ 2026 | ހުކުރު | 12:59
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް މިނިސްޓަރު ތުހުމަތުކުރައްވައިފިއެެވެ.
ރޭ ދަންވަރު މިނިސްޓަރު އިހްސާން ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާ، 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވެ ކުރު ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ.
މިނިސްޓަރު އާންމުކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު ވީޑިއޯއެއް ނަގާއިރު، އޭނާގެ ކައިރީގައި އަކްރަމް ހުންނަވައެވެ. އަދި އެ ވަގުތު އެ ތަނުގައި އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.