ގާސިމް މާމިގިލީގައި ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" ހުޅުވައިފި
ދަޕްރެސް
27 ފެބްރުއަރީ 2026 | ހުކުރު | 5:41
ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގާސިމް އިބްރާހިމްއެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް ގާސިމް އިބްރާހިމާއި، މާމިނގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލައްވާފައިވެއެވެ.
މި މިސްކިތް ހުޅުވައިދެއްވައި، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވަޒީރު ޝަހީމެވެ.