ޗިސްޗިސް ކޮށްލާނެ ކަމަށް ބުނެ އީރާނުން ފޮނުވާލި މިސައިލްތައް 'ދުންބަޑިއަކަށް'!

ދަޕްރެސް

28 ފެބްރުއަރީ 2026 | ހޮނިހިރު | 3:09

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދޭން މިސައިލްތަކެއް ފޮނުވާލައިފިއެވެ.

ހަބަރުތައް ބުނާގޮތުން އީރާނުން ފޮނުވާލި ހުރިހާ މިސައިލެއް، އިޒްރޭލާއި އެމެރިކާގެ ދިފާއީ ނިޒާމުތަކުން ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފައެވެ. އޭގެ ތެރެއިން ބައެއް މިސައިލްގެ ބައިތައް އިޒްރޭލުގެ އުތުރަށް ވެއްޓުނު އިރު ގަލްފުގެ ބައެއް ގައުމުތަކަށް ވެސް ވެއްޓިފައި ވާ ކަމަށް މެދުއިރުމަތިގެ ހަބަރުތައް ބުނެއެވެ.

މީހަކަށް އަދި ތަކެއްޗައް ގެއްލުން ވާ ވަރާ ގާތަށް ވެސް އީރާނުގެ މިސައިލް ފޯރާފައެއް ނުވެއެވެ. އިޒްރޭލުގެ އުތުރަށް ވެއްޓުނު ބައިތަކުންވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މައުޟޫޢުތަށް