އީރާން ހަނގުރާމައިގެ ސަބަބުން ވައިގެ ސަރަހައްދު ބަންދުކުރުމުން މާލޭން ދުބާއީއަށް ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފި

ދަޕްރެސް

28 ފެބްރުއަރީ 2026 | ހޮނިހިރު | 5:30

މެދުއިރުމަތީގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފިއެވެ.

ފްލައިޓް ރޭޑާގެ މައުލޫމާތުން ދައްކާ ގޮތުން، ފްލައި ދުބާއީގެ ފްލައިޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދާން ޝެޑިއުލްކޮށްފައި އޮތީ 13:15ގައެވެ.

ނަމަވެސް ޑިލޭވެގެން ބޯޓަށް ފުރުނީ 14:14ގައި ކަމަށް ވެއެވެ. ނަމަވެސް، އެ ބޯޓު ޑައިވާޓުކޮށް, 16:45ގައި އަލުން ވެލާނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ޝެޑިއުލްގައި ވެއެވެ.

މައުޟޫޢުތަށް