އީރާނު ހަނގުރާމައާ ގުޅިގެން އިންޑިއާގެ ކަންބޮޑުވުން އޮތްކަމަށް ބުނެފި

ދަޕްރެސް

28 ފެބްރުއަރީ 2026 | ހޮނިހިރު | 10:36

އީރާނު ހަނގުރާމައާ ގުޅިގެން އިންޑިއާއިން ކަންބޮޑުވާކަމަށް ބުނެ ބަޔާނެއް ނެރެފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި އީރާނާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާ އިން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. އަދި ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އާންމުންގެ ރައްކާތެރިކަން އިސްކުރަން އިންޑިއާ އިން ވަނީ ގޮވާލާފައެވެ.

އިންޑިއާގެ ބަޔާނުގައި ހާލަތު ގޯސްވިޔަ ނުދީ ދެމެހެއްޓުމަށް ދާހިލީ ގުޅުންތައް ދަމަހައްޓައި، މަޝްވަރާ ކުރުން މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ސަރަހައްދީ ހުރިހާ ގައުމަކުންވެސް އެގައުމެއްގެ އިހުތިސާސް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިހުތިރާމު ކުރަން ވާނެކަމަށްވެސް އިންޑިއާ އިން ބުނެފައިވެއެވެ.

މައުޟޫޢުތަށް