މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރަން ހާއްސަ ކޮމިޓީއެއް އުފައްދައިފި
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 12:05
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޓިއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީ އުފައްދަވާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި މުޅި ކޮމިޓީގައި ޖުމްލަ 9 މެންބަރުން ތިއްބަވާއިރު މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އުފެއްދެވި ކޮމިޓީއެއް ކަމަށް ހީނާ ވިދާޅުވިއެވެ.
މި ކޮމިޓީގައި ތިއްބވި މެންބަރުންގެ ތެރެއިން ކޮމިޓީގެ ޗެއާ އަކީ ފޮރިން މިނިސްޓަރު ކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ. ހީނާ ވަލީދު ވިދާޅުވީ، މި ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ދާނެ ކަމަށެވެ.