މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ފަސޭހަކަމާއެކު އަސާސީ މުދާ ލިބޭނެ ގޮތް ހަމަޖައްސަން މަސައްކަތް ފަށައިފި

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 12:26

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓާކޮށް، ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުން އިސްކޮށް، އަސާސީ މުދާ ފަސޭހަ ކަމާއެކު ލިބޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މެދު އިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވި ކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ އެކު މި ދަނީ އެ ސަރަހައްދުގެ މަސްރަހުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓާކުރަމުން ކަމަށެވެ.

އެގޮތުން ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ދަނީ ވަރަށް ގާތުން ދިރާސާ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓްތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށް ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މައުޟޫޢުތަށް