ފްލައިޓް ކެންސަލްވެގެން ނުފުރިތިބި ފަތުރުވެރިންނަށް ދިވެހި ސަރުކާރުން އެހީވަނީ

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 12:41

މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން މިއަދު ކެންސަލްވި ފްލައިޓްތަކުން ދަތުރު ކުރަން ކުރިން ހަމަޖެހިފައި ތިބި ގިނަ ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެހީތެރިވަމުންދާކަމަށް މިނިސްޓްރީ އޮފް ޓުއަރިޒްމް އެންޑް އެންވާރަމަންޓް އިން ބުނެފިއެވެ.

މިނިސްޓްރީ އިން ބުނީ ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މިނިސްޓާ އޮފް ޓުއަރިޒްމް އެންޑް އެންވާރަމަންޓް، ތޯރިގް އިބްރާހިމް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ވަޑައިގެން، ނުފުރިފައި ތިބި ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެމީހުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މައުޟޫޢުތަށް