"ޕީސީއޯއެސް" ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ބަލިކަށި ކޮށްލާ ވޭންގަދަ ބައްޔެއް!

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 6:14

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނޫންނަމަ (ޕީސީއޯއެސް) އަކީ ދިވެހީންގެ ތެރޭގައި ވެސް ވަރަށް އާންމު ބައްޔަކަށްވާއިރު ގިނަ މީހުންނަށް ވިސްނިފައި އޮންނަ ގޮތުގައި މިއީ ވަރަށް އާދައިގެ ބައްޔެކެވެ. އެކަމަކު މި ބަލީގެ ވޭނާއި ކެކުޅުންތައް އެންމެ ރަނގަޅަށް ވަޒަންކޮށްލަން އިނގޭނީ މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށެވެ.

ނަމަވެސް މި ލިޔުމުގައި ބައްޔާ ބެހޭ މުހިންމު ބައެއް މައުލޫމާތު ތަކަށް އަލިއަޅުވާލާނަމެވެ. މިއީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. މި ބަލީގެ ސަބަބުން މެދުވެރިވާ މައިގަނޑު ކަންކަމުގެ ތެރޭގައި މައްސަރުކަންތައް ގަވާއިދުން ނުޖެހުމާއި، މައްސަރުކަންތައް ދިގުލައިގެން ދިއުމުގެ އިތުރުން ފިރިހެން ހޯމޯން ކަމުގައިވާ "އެންޑްރޯޖެން" ހަށިގަނޑުގައި އިތުރުވުން ހިމެނެއެވެ.

މީގެ އިތުރުންވެސް، ޖިސްމާނީ މި ބަދަލުތަކުގެ އިތުރުން ނަފްސާނީގޮތުންވެސް މީހާއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެގޮތުން، އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ، ކުދިކުދި ކަންކަމާ މެދު ވަރަށް އަވަހަށް ކަންބޮޑުވެ (އެންޒައިޓީ) އުފެދެއެވެ.

މައުޟޫޢުތަށް