ފަތުރުވެރިންނަށް އެހީތެރިވެ ދިނުމަށް ވިޒިޓް މޯލްޑިވްސްގެ ކައުންޓަރެއް ވީއައިއޭ ގާއިމުކޮށްފި
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 10:58
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ނުފުރި ތިބި ފަތުރުވެރިންނަށް އެހީތެރިވެ ދިނުމަށް ވިޒިޓް މޯލްޑިވްސްގެ ކައުންޓަރެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ފްލެއިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ހާއްސަ ކައުންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ޓީމުން ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަން ވަނީ ހާމަކޮށްފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން ކެންސަލްވި ފްލައިޓް ތަކުން ދަތުރު ކުރަން ކުރިން ހަމަޖެހިފައި ތިބި ގިނަ ދަތުރުވެރިން ވަނީ އެއާޕޯޓިގައި ތާށިވެފައެވެ.