ހާމަނާއީ އަވާހަރަ ކޮށްލުމާއެކު އެއްބަޔަކު ކަރުނައަޅާ ރޯ އިރު އަނެއްބަޔަކު އުފުލަނީ ނަތަންޔާހުގެ ފޮޓޯ!

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 10:47

އިސްލާމީ އުއްމަތުގައި ސަހްޔޫނީންގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާ މަދު ލީޑަރުންގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ހިމެނެއެވެ.

އެމެރިކާއާއި ޔަހޫދީ އިޒްރޭލުން 47 އަހަރު ވާންދެން ކުރަމުން ދިޔަ މަސައްކަތަކީ އީރާނު ކުޑަކަކުލަށް ތިރިކުރުމުގެ މަސައްކަތެވެ. މާލީ ގޮތުން ބަލިކަށި ކުރުމަށް އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އީރާގާއި އީރާން ހަނގުރާމަ އަށް ގެންދިޔުމާއި، ދުނިޔޭގެ ތަހުޒީބުތަކަށް އީރާނުގެ އަތް ނުފޯރާނެހެން ބަނދެފައި ބޭތިއްބުން ހިމެނެއެވެ.

މީގެ އިތުރުން ފިކުރީ ގޮތުން ބަލިކަށި ކުރުމަށްޓަކައި އީރާނުގެ ލީޑަޝިޕާ އަޅުވައި އެތައް ހުތުރު ވާހަކަތަކެއް އާންމު ކުރަމުން ގެންދިޔުން ވެސް ހިމެނެއެވެ. އެގޮތުން އީރާނުގެ ރޫހީ ލީޑަރު އިޒްރޭލުން ސިފަ ކުރަނީ 'ހަރުފައިގެ ބޯ' ކަމަށެވެ.

މައުޟޫޢުތަށް