މި ދަނޑިވަޅު، މާލީ އަދި އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ގާތުން ދަނީ ބަލަމުން: ފިނޭންސް މިނިސްޓްރީ

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 11:50

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން، މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް