މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން އުމްރާވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 3:00

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދިވެހިންނާއި، ދާން ތައްޔާރުވާ ފަރާތްތަކުން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ވަގުތު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ކަންކަން އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މި ހާލަތާ ގުޅިގެން ޚާއްސަ ކަމެއް މެދުވެރިވެއްޖެ ނަމަ، ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477+ އަށް ނުވަތަ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މައުޟޫޢުތަށް