ފޯޅަވަހި ހޯދަން ރާއްޖެއިން ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަނީ
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 4:11
ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ 'ދަ ޓެލެގްރާފް' ނޫހަށް މައުލޫމާތު ދީފައިވާ ގޮތުން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ދިވެހި ސަރުކާރުން އަންނަނީ ބަލާ ދިރާސާ ކުރަމުންނެވެ.
އެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސަރަހައްދީ ހައްގުތައް މާ ވަރުގަދަވާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ތަރުޖަމާނު ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި: