ހުޅުމާލެއިން ގޯތި ލިބުނުކަމަށް ބުނެ ސައްހަ ނޫން ލިޔުން ހެދި 12 މީހަކަށް ދައުވާކުރަނީ
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 5:14
ހުޅުމާލެއިން ގޯތި ލިބުނުކަމަށް ބުނެ ސައްހަ ނޫން ލިޔުން ހެދި 12 މީހަކަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ މީހުން ގޯތި ލިބުނު ކަމަށް ދައްކައި، ސައްހަނޫން ލިޔެކިޔުން ހަދައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މި މީހުންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުالله އަދި ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންގެ މައްޗަށް ވަނީ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާކޮށްފައެވެ.