މާފުއްޓާއި އެ ރަށުގެ ހިއްކި ބިން ގުޅުވާލަދޭ ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 7:40
ކ. މާފުއްޓާއި އެރަށުގެ ހިއްކި ސަރަހައްދު ގުޅުވާލަދޭ ކޯޒްވޭ (ބުރިޖު) މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު މާފުށީގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދާއި، އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޖަމްޝީދު އަދި ކ. މާފުށި ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ އެއްރަށް ކަމުގައިވާ މާފުށީ ރައްޔިތުންނަށް މި މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާ އެކު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ލިބި، ލަފާ ފުރުމާއި، މުދާ އުފުލައި ބޭލުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމަށެވެ. އަދި ހިއްކާފައިވާ ސަރަހައްދުން ބޯހިޔާވެހިކަމާއި، ސިނާއީ ބޭނުންތަކަށާއި، ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރެވޭ އިރު، މިއެޅޭ ބުރިޖާއެކު ރަށުގެ އުމްރާނީ ތަރައްގީ އާއި އިގްތިސޯދީ ދުވެލި އިތުރަށް ހަލުވިވެ، މިހާރަށް ވުރެ ވެސް ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.