ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ ހެރޮއިން އަތުލައިގެންފި

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 8:21

ވައިގެ މަހުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ

އެތަކެތީގެ ބަރުދަނުގައި 2240 ގްރާމް ހުރި ކަމަށާއި އެ ތަކެތި ޓެސްޓު ކުރި އިރު އެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ހެރޮއިން ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 2.2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މައުޟޫޢުތަށް