އުރީދޫ ނޭޝަން ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލްގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދީފި

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 8:28

ޔޫތް މިނިސްޓްރީ އާއި ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ރޭ ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް