ރޭގެ ނިޔަލަށް ނުފުރިތިބި 130 ފަސިންޖަރުންނަށް އެމްއޭސީއެލް އިން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފި
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 9:00
މެދުއިރުމަތީގެ ހަމަނުޖެހުމާއިއެކު ރޭގެ ނިޔަލަށް ވެލާނާ އެއާޕޯޓުން ނުފުރިތިބި 130 ފަސިންޖަރުންނަށް އެމްއޭސީއެލް އިން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިއްޔެ ފެށި ހަނގުރާމައިގެ ސަބަބުން ނުފުރުނު ފަސިންޖަރުންނަށް އެހީވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމަންޓް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިމަސައްކަތުގެ ދަށުން ރޭގެ ނިޔަލަށް އެމްއޭސީއެލް އިން ވަނީ ނުފުރިތިބި 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައެވެ.