މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވި ރަސްމިއްޔާތު ބާއްވައިފި
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 1:20
މިއަހަރުގެ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވެގެންދިޔަ ރަސްމިއްޔާތުކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި މިއަހަރުގެ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި 31 ހާފިޒުން ވަނީ ދަސްވެނިވެފައެވެ.