މެދުއިރުމަތީ ހަނގުރާމަ: ތެލާއި ކާބޯތަކެއްޗަށް ދައްޗެއް ނެތްކަމަށް ރައީސް ވިދާޅުވެއްޖެ
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 11:02
މެދުއިރުމަތީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔށ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅައި އެ ގައުމުތަކާއެކު ރާއްޖެއިން އޮތްކަން ހާމަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޔޫއޭއީގެ ރައީސަށް ރޭ ފޯނުން ގުޅުއްވައި ރާއްޖެއިން އެ ގައުމާއެކު އޮތްކަން ހާމަކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ރައީސް ވަނީ ވިދާޅުވެފައެވެ.