ފިތުރު ޒަކާތުގެ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެ
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 6:48
ފިތުރު ޒަކާތުގެ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1،374،481 ރުފިޔާ ލިބިފައިވެއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 7 ޕްލެޓްފޯމަކުން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށާފައެވެ.
މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.