ޑރ. ވަހީދު، ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވީ އަޅުގަނޑު ބުނެގެން: ރައީސް

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 1:53

ކުޑަކުދިންގެ ވިޔަފާރި ކޮށް އެކުދިންގެ ފަރަތުން ޖިންސީ ޣަރީޒާ ފުއްދަމުން ދިޔަ ބިލިއަނަރު ޖެފްރީ އެޕްސްޓީން އާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިފާދެއްވުމަށް އެންގެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޖެފެރީ އެޕްސްޓީން އާއި ޑރ. ވަހީދުގެ ވާހަކަ އެގުނު ހިސާބުން، ސްޕެޝަލް އެންވޯއީ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް މެއި 26، 2025 ވަނަ ދުވަހު އައްޔަންކުރެއްވި ވަހީދު އިސްތިއުފާދެއްވީ ކުޑަކުދިންނާ ބެހި، ވިޔަފާރިކޮށް އެތައް ޖަރީމާއެއް ހިންގި ބިލިއަނަރު ޖެފްރީ އެޕްސްޓީން ފައިލްސް ގައި ވަހީދުގެ ގާތް ގުޅުމުގެ ވާހަކަތައް ތިލަވުމާ ގުޅިގެން ފެބްރުއަރީ 3 ވަނަ ދުވަހުއެވެ.

މައުޟޫޢުތަށް