ޖެނުއަރީ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 64 މައްސަލަ، އެންމެ ގިނައީ އިހުމާލުވުން

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 6:50

ޖެނުއަރީ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 64 މައްސަލަ ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި ނިމިިދޔަ ޖެނުއަރީ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 64 މައްސަލަ ހުށަހަޅާފައިވާއިރު އޭގެތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ ޖުމްލަ 30 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެއީ ފިރިހެން ކުދިންނާއި ގުޅޭ 19 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލަކަމަށް ސޯޝަލް އެންޑް ފެމިލީ ޑެވޮލޮޕްމެންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައްކަމަށް ތަފާސްހިސާބުން ދައްކައެވެ. އެ ގޮތުން ޖިންސީ ހާނިއްކައިގެ 13 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

މައުޟޫޢުތަށް