ކުވެއިތަށް އޮޅިގެން އެމެރިކާގެ 3 ފައިޓާ ޖެޓް ވައްޓާލެވިއްޖެ
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 8:54
ފައިޓާ ޖެޓްތައް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވާއިރު، އެމެރިކާއިން ބުނެފައި ވަނީ، އެމީހުންގެ 3 ފައިޓާ ޖެޓު ކުވެއިތަށް ވައްޓާލެވިއްޖެ ކަމަށެވެ.
އެކަން ކުރެވިފައިވަނީ އޮޅިގެން ކަމަށް ބުނެ ކުވެއިތުން މިހާރު ވަނީ އެކަން ހިނގާދިޔަގޮތުގެ ތަހުގީގެއް ފަށާފައެވެ.
އެެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ކުވެއިތަކީވެސް އެމީހުންގެ މަދަދުގާރެކެވެ. އެހެން ކަމުން އެ ހާދިސާ ސިފަ ކޮށްފައިވަނީ އެއީ 'ފްރެންޑްލީ ފަޔާ' އެއްގެ ގޮތުގައެވެ.