މެދުއިރުމަތީގެ ތެލުގެ ސިނާއަތަށް އީރާނުގެ ހަމަލާ އަމާޒުވުމުން ތެލާއި ގޭހުގެ އަގުތައް ރޮކެޓް ސްޕިޑްގައި މައްޗަށް!

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 9:13

އެމެރިކާ އާއި އިޒްރޭލުން އީރާން ފުނފުނޑު ކޮށްލުމަށް ދެމުން ގެންދާ ހަމަލާގެ މަދަދުވެރިންނަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތައް ތެލުގެ އިންޑަސްތްރީއަށް އަމާޒުވެ އުފެއްދުންތެރިކަމަށް ބުރޫއެރުމާއެކު އަގުތައް އުފުލިއްޖެއެވެ.

އީރާނުގެ ހަމަލާއެއް އަމާޒުވެ ސައުދީގެ އެންމެ ބޮޑު ކާރުހާނާ 'ރަސް ތަނޫރާ' މިހާރުވެސް ދަނީ އަނދަމުންނެވެ.

ގަތަރު ސަރުކާރުން ހިންގާ 'ގަތަރުއެނާޖީ' އިން ވަނީ، އެ ކުންފުނިން އުފައްދާ ލިކްއިފައިޑް ގޭސް އުފެއްދުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިއީ ޔޫރަޕަށް އެންމެ ގިނައިން ގޭސް އެތެރެކުރާ އެއް ގައުމު ކަމަށް ވުމާއެކު ޔޫރަޕުގައި ގޭހުގެ އަގުތައް ދަނީ ރޮކެޓް ސްޕީޑްގައި މަތިވަމުންނެވެ. އެގޮތުން ހަނގުރާމައިގެ ކުރިން ހުރި އަގުގެ 50 ޕަސެންޓް މިހާރު ވަނީ ބޮޑުވެފައެވެ.

މައުޟޫޢުތަށް