ނަޝީދުގެ ވިސްނުން: އިންޑިއާ ކަނޑުގަ އައްޑޫ ހިމެނޭހެން ގްރީން އިކޮނޮމިކް ކޮރިޑޯއެއް އުފެއްދުން
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 10:05
އިންޑިއާ ކަނޑުގަ އައްޑޫ ހިމެނޭހެން ގްރީން އިކޮނޮމިކް ކޮރިޑޯއެއް އުފެއްދުމަށް ވިސްނުންފުޅު ގެންގުޅުއްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި އައްޑޫ އަތޮޅާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ އަތޮޅުގެ އެންމެ ބޮޑު ނިއުމަތަކީ ގުތުރަތީ ގޮތުން އައްޑޫ އަތޮޅު، އިންޑިއާ ކަނޑުގެ ސީދާ މެދުގައި އޮތް އޮތުން ކަމަށެވެ. އަދި އައްޑޫގެ އެއްކޮޅުގައި އެފްރިކާ އޮތް އިރު އަނެއްކޮޅުގައި އިންޑޮނޭޝިއާ، މެލޭޝިއާ، އަދި ސިންގަޕޫރު އޮތްކަމަށް ފާހަގަ ކުރައްވާފައިވެއެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަރަށް ގިނަ ބޯޓު ފަހަރު ދަތުރު ކުރާ ކަނޑެއް ކަމަށާއި، ދުނިޔޭގެ އެތައް މިތަނުން މުދާ އުފުލައިގެން ދަތުރުކުރާ ބޯޓު ފަހަރު އިންޑިއާ ކަނޑުގެ ސަރަހައްދު ހުރަސް ކުރާކަމަށެވެ. މިހެން ކަމުން ނަޝީދުގެ ވިސްނުންފުޅަކީ އިންޑިއާ ކަނޑުގަ އައްޑޫ ހިމެނޭހެން ގްރީން އިކޮނޮމިކް ކޮރިޑޯއެއް ގާއިމުކުރުމެވެ.