އަތަމާޕްލާޒާގެ މިލްކުވެރިފަރާތަކީ ޖާބިރު ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 9:34

މ. އަތަމާޕްލާޒާގެ މިލްކުވެރި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

އަތަމާ ޕްލާޒާގެ ރަޖިސްޓްރީ އޮންނަނީ ހައްޖަށް ގެންދަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިން މައްސަލާގައި މަކަރާއި ހީލަތުގެ ކުށުގައި 2019 ވަނަ އަހަރު 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގައެވެ. ނަމަވެސް އިސްމާއިލްގެ މައްޗަށް ސާބިތުވި ދަރަނީގެ އެހެން މައްސަލައެއްގައި އެ ގެ ވިއްކާލުމަށް ކޯޓުން ވަނީ އަންގާފައެވެ. އަދި ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ 770 އަކަފޫޓުގެ އެ އިމާރާތް ނީލަން ކިޔަން ވެސް ސިވިލް ކޯޓުން ކުރިން ހުޅުވާލިއެވެ.

މީގެކުރިން ޖާބިރުގެ ދާއިމީ އެޑްރެހެއްގެ ގޮތުގައި ޖަހަަމުން އައި އަތަމާޕްލާޒާގެ ހަތަރު ވަނަ ފްލޯ އަކީ މީގެ 16 އަހަރު ކުރިން 2010 ވަނަ އަހަރު 14 މިލިއަން ރުފިޔާ ދައްކަވަައިގެން ޖާބިރު ބައްލަވަިއގެންފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވެއެވެ. ނަމަވެސް އެ ގޭގެ ރަޖިސްޓްރީ ޖާބިރުގެ ނަމަށް ބަދަލުކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް