ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް" އަށް ބަދަލުކޮށްފި
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 9:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ގެ ނަން، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް" އަށް ބަދަލުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރައްވާފައިވަނީ، އިއްޔެ ޝާއިއުކުރި، ނަންބަރު 2026/6 ގަރާރުންނެވެ.
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް 2025 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި، ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިން ފަދަ މާލީ ހިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒުކުރުމެވެ.