ސައުދީގެ ރިޔާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާދީފި

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 9:47

ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ހަމަލާދީފިއެވެ.

ސައުދީގެ ދިފާއީ އޮފިޝަލުންނާ ހަވާލާދީ ހަބަރުފަތުރާ އިދާރާތަކުން ބުނެފައި ވަނީ، އީރާނުގެ ހަމަލާ އެމްބަސީއަށް އަރާފައި ވީ ނަމަވެސް ޑިމްޕޮމޭޓުން ތިއްބަވާ ކޮމްޕައުންޑަށް މާބޮޑު ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

އީރާނުން މި ހަމަލާ ދީފައިވަނީ އޭގެ ޒާތުގައި ޖެހި ގޮވާގޮތަށް ތައްޔާރު ކޮށްފައިވާ 2 ޑްރޯނެއް ބޭނުން ކޮށްގެންނެވެ.

މައުޟޫޢުތަށް