ސުމަޓްރާއަށް 6.1 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 11:07

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެ ބިންހެލުމުގެ އަސަރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަޓްރާއަށް ކައިރިން ކަނޑުގެ ސަރަހައްދަށް އައި 6.1 ގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުމުގެ ނުވަތަ ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާ 2581 ކިލޯމީޓަރު ދުރަށެވެ.

މައުޟޫޢުތަށް