ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ފައިސާ ނަގަނީ، ސަމާލުވޭ!
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 1:01
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ސްކޭމް ހިންގަމުންދާތީ އެކަމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާ ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށް އެދިފައެވެ.
އަދި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ އިތުރުން މި މިނިސްޓްރީން އާންމުކުރާ އިއުލާނުތަކުގައިވާ ގޮތުގެ މަތީންކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.