ހަނޑޫ ހަކުރު ފުށުގެ އިތުރުން 23 ބާވަތެއްގެ ކާނާ ސްޓޭޕްލް ފުޑްގެ ގޮތުގައި މެދުކެނޑުމެއްނެތި މިހާރު ލިބޭނެ
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 4:30
ހަނޑޫ، ހަކުރު، ފުށުގެ އިތުރުން 23 ބާވަތެއްގެ ކާނާ ސްޓޭޕްލް ފުޑްގެ ގޮތުގައި ބާޒާރުގައި ލިބޭނެ އެންމެ ކުޑަ އަގެއްގައި މެދުކެނޑުމެއްނެތި ލިބޭނެ ކަން ސަރުކާރުން ކަށަވަރު ކުރަމުންދާކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހަށް ފަހު ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ. އެގޮތުން ކުރީގަ ސްޓޭޕްލް ފުޑްގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން 23 ބާވަތެއްގެ ކާނާ ސްޓޭޕްލް ފުޑްގެ ގޮތުގައި ހިމަނާފައިވާކަމަށާއި، މީގެ ތެރޭގައި 10 ބާވަތެއްގެ ތަރުކާރީ އަދި 10 ބާވަތެއްގެ މޭވާ ހިމެނޭއިރު، އެސްޓީއޯ އާ ހަވާލުކޮށް ބާޒާރުގައި ލިބޭނެ އެންމެ ކުޑަ އަގެއްގައި މެދުކެނޑުމެއްނެތި މިތަކެތި ލިބޭނެ ކަން ސަރުކާރުން ކަށަވަރު ކުރަމުންދާކަމަށެވެ.
އެގޮތުން މާލެ އާއި ހުޅުމާލޭގައި ސްޓޭޕްލް ފުޑް ގެ ބާވަތްތައް އެސްޓީއޯގެ ފިހާރަތަކުން ލިބޭނެކަމަށާއި، 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯ އޭޖެންޓުން މެދުވެރިކޮށް ސްޓޭޕްލް ފުޑް ގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 3000 އަށްވުރެއް ދަށުގެ އާބާދީތަކަށް އެސްޓީއޯ އޭޖެންޓުން އަދި ސިޓީސްތަކުގެ އެސްޓީއޯގެ އެހީތެރިކަމާއެކު ސްޓޭޕްލް ފުޑް ގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓާ ސައީދު ވިދާޅުވިއެވެ.