އިރާދަކުރެއްވިޔާ ރާއްޖެ ތެލަކަށް ނުޖެހޭނެ: ސައީދު
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 4:24
މެދުއިރުމަތީގަ މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކާއެކުވެސް، ރާއްޖެ ތެލަކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް މެދުއިރުމަތީގަ ޓެންޝަނެއް އުފެދިއްޖެއްޔާ އެންމެ ކުރިން އިމްޕެކްޓް މިކުރަނީ ތެލުގެ އަގަށް ކަމަށްވިޔަސް، ރާއްޖޭގަ ތެލުގެ ކަންކަން މެނޭޖް ކުރަނީ، މެދުއިރުމަތީގެ ހަމަ ނުޖެހުމާއެކު ހުރިހާ މުދަލަކަށް އިމްޕެކްޓް ކުރާނެކަން ވިސްނައިގެންކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގަ ތެލުގެ ކަންކަން މެނޭޖް ކުރަމުންދާއިރު ތިން ފެކްޓާއަކަށް ސަމާލުކަން ދޭކަމަށާއި، އެގޮތުން މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ، ދުނިޔޭގެ ބާޒާރަށް ކުރާ އަސަރު ބަލައި، މުދާ ގަތުމަށް ދެން އެންމެ ރަނގަޅުވާނީ ކޮން މާކެޓެއްތޯ ބަލައި އެކްސްޕްލޯ ކުރެވޭކަމަށެވެ. އަދި މުދާ ސްޓޯކޮށް މުދާ އުފުލުމަށް އަންނަ ބަދަލުތަކަށް ފަރުވާތެރިވެ، މުސްތަގުބަލަށް ކަންކަން ރޭވެމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކާބޯތަކެތި ބޭނުން ކުރާ މީހުންގެ އަދަދު ގިނަވުމާއެކު، ކާބޯތަކެއްޗަ ނުޖެހި ދުރުރާސްތާ ވިސްނުމަކާއެކު ފޫޑް ސްޓޯރޭޖް ކެޕޭސިޓީގެ އިތުރަށް ފުޑް ސްޓޯ ކުރުމުގެ ކަންކަން ވެސް މެނޭޖް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.