ރާއްޖޭގައި އެންމެ ރަނގަޅަށް ހެދޭ ތަރުކާރީ، މޭވާ ތަކެތި ހެއްދުމަށް އިލްތިމާސްކޮށްފި
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 4:43
ދިވެހި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ދަނޑު ހައްދަމުންދާކަމަށާއި، ދަނޑުވެރިކަމުގައި ރާއްޖޭގެ ބިންތަކުގަ އެންމެ ރަނގަޅަށް ހެދޭ ތަރުކާރީ އާ މޭވާ ތަކެތި ހެއްދުމަށް އިލްތިމާސްކުރައްވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފުޑް ސެކިއުރިޓީއަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގޯތިތެރޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި، ދަނޑުވެރިކަން ކުރާ ރަށްރަށުގައިވެސް، މިކަން ވަރަށް ރަނގަޅަށް ކުރާ ފަރާތްތައް ގިނަކަމަށެވެ. މިއާއެކު ދަނޑުވެރިކަން ކުރާ އާއިލާތަކަށް ދަނޑުގޮވާމުގެ ބާވަތްތައް ކަށަވަރުކުރެވޭނެކަމަށެވެ.