ހާމަނާއީ އަވަހާރަ ކޮށްލީ އެމެރިކާއިން އިޒްރޭލަށް ދިން ޖާސޫސީ މައުލޫމާތާއެކު

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 9:41

އީރާނުގައި އޮތް ރަސްކަން 1979 ގައި އިންގިލާބު ކޮށްލެއްވުމަށް ފަހު ރައީސް ކަމަށް ވަޑައިގެން އާޔަތުﷲ އަލީ ހާމަނާއީ އަކީ އީރާނު ނުދެކޭފަދަ ވަރުދަގަ ލީޑަރެއްގެ ގޮތުގައި ސިފަ ކުރެއެވެ. 1981 ގައި ރައީސްކަމަށް ވަޑައިގެން 8 އަހަރު އެ މަގާމުގައި ހުންނެވުމަށް ފަހު 1989 ގައި ރޫހީ ލީޑަރު ކަމަށް ވަޑައިގަތެވެ.

އޭނާ އެ މަގާމަށް ވަޑައިގަތީ އޭރު ރޫހީ ލީޑަރަކަށް ހުންނެވި ރޫހުﷲ ހުމައިނީ އަވަހާރަވުމުންނެވެ.

އާޔަތުﷲ ވަނީ 1980 ގެ ތެރޭގައި ދިގުދެމިގެން ދިޔަ އީރާން އިރާގު ހަނގުރާމަ އާއި ހަނގުރާމަ އާ ގުޅިގެން ހުޅަނގުން ކުރިމަތި ކުރި ފިއްތުންތަކުގެ ތެރޭގައި ވެސް އޭނާ އަވަހާރަވުމާ ހަމައަށް ގައުމު ފުނފުނޑުވެގެން ދިޔަ ނުދެއްވައި ހިފަހައްޓާފައެވެ.

މައުޟޫޢުތަށް