ދިއްދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 10:01
ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒްކަމަށެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވާފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދުކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހަދާ ބައުންޑަރީ ފާރު އިމާރާތްކުރުމުގެ އިތުރުން ފެންސްޖަހައި އަދި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން ރޮސްޓްރޮމްއެއްވެސް ހެދިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.