ނަފްސާނީ ދުޅަހެޔޮކަން ދިރުވާ އާލާ ކުރުމަށް ސަމާ ކުރާ އުންމީދީ ދަތުރު: އެތައް ދިރިއުޅުމަކަށް ގެނެސްދޭ އުޖާލާކަން
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 11:06
ނަފްސާނީ ދުޅަހެޔޮކަން ނުވަތަ މެންޓަލް ހެލްތްއަކީ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެހާ ބޮޑު ކަމެއް ނޫނެވެ. ހާއްސަކޮށް ބައެއް ދިވެހީންގެ ތެރޭގައި މި ބަލި ވެފައި އޮންނަނީ ކަންކަން ނުކުރުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ހަގީގަތުގައި އެއީ މިހެން ލިޔުމަކުން ކިޔާދެވޭ ވަރަށްވުރެ ވޭނާއި ކެކުޅުން ބޮޑު ބައްޔެކެވެ.
ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި މި ބައްޔަށް ފަރުވާ ކުރާ މީހުން އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަދި މީގެ ބޭރުން، ކުރިމަތި ވެދާނެ ފުރައްސާރައާ މަލާމާތައް ބެލުމަށްފަހު ފާޅުގައި އެވާހަކަތައް ނުދައްކާ އެތައް ބަޔަކުވެސް ވެއެވެ.
ކަން މިހެން އޮތް ނަމަވެސް އެފަދަ މީހުންގެ އިހުސާސްތައް ދެނަގަނެ އެފަދަ މީހުންގެ އަތުގައި ހިފާ މުޖްތަމައުއަށް ނެރެން ހިތްވަރުދޭ އެތައް ބަޔަކު އުޅޭކަމީ ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ. އެގޮތުން، މިއަދުގެ މި ލިޔުމުގައި އަލިއަޅުވާލާނީ އެފަދަ މީހުންނަށް ޚިދުމަތް ކުރުމުގައި ކެތްތެރިކަމާއި އޯގާތެރިކަމުގެ ރީތި ނަމޫނާއެއް ދައްކުވައިދޭ ހިތްހެޔޮ ކަނބަލެއްގެ ވާހަކައަށެވެ.. ނަފްސާނީ ދުޅަހެޔޮކަން ތަހައްމަލު ކުރާ އެކި ފަރާތްތަކަށް ގައިޑެންސް ކައުންސެލިންގް އަދި ކޯޗިން ޓްރެއިނިންގް ދޭ ފަރާތެއްގެ އިތުރުން އެފަދަ މީހުންގެ މެންޓާއެއް ކަމަށްވާ ސަމާ އިބްރާހިމް ދީދީ އެވެ.