މިއަހަރު އެޕްލިކޭޝަން ޑެޑްލައިނަކާ ނުލައި ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 2:27
މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން ލޯނަށް ހުށައެޅުމަށް ޕޯޓަލް ތައްޔާރުކުރުމާއި، އުސޫލުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލު ކުރައްވައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިއަހަރު ސްޓޫޑަންޓް ލޯނަށް ހުޅުވާލުމުގެ ކުރުމުގެ ކުރިން ބޮޑެތި ބަދަލު ތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ މިއަހަރު އެޕްލިކޭޝަން ޑެޑްލައިނަކާ ނުލާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެ ސަބަބުން ކުރިން ދަރިވަރުންނަށް ވަކި މުއްދަތެއް ދިނުމުން ލޯނަށް ހުށައެޅުމަށް ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކާއި، ވަކި މުއްދަތެއްގެ ތެރޭގައި އެޕްލައި ނުކުރެވުން ފަދަ ކަންކަމަށް ލުޔެއް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.